ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 10-01-2022, 07:30


ހުޅުމާލޭގައި ހުންނަ ރިލެކްސް މޯލްޑިވްސްގެ ފަރުނީޗަރު ގުދަންކޮށްފައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 03:09 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. މިގޮތުން ރޯވަމުންދިޔަ އަލިފާންގަނޑު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެއްކޮށް ނިއްވާލެވުނީ މިރޭ 03:19 ހާއިރުއެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.