ތާރީޚް: 16-01-2022, 11:23
ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުނެވެ. މި މީހާ ހޯދުމަށް ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މިމީހާ ހޯދުމަށް މިއަދު ވައިގެ މަގުން އޭރިއަލް ސާރޗް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ފަތުރުވެރިޔާ އަދި ފެނިފައެއް ނުވެއެވެ.
© mndf 2020 | All rights reserved.