ހުޅުމާލޭ ސިފައިންގެ ފްލެޓުތައް ކުރިމަތީ ހުރި ހިކި ގަސްތަކެއްގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 26-01-2022, 02:15


ހުޅުމާލޭ ސިފައިންގެ ފްލެޓުތައް ކުރިމަތީ ހުރި ހިކި ގަސްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައިވަނީ މިރޭ 22:29 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެފްއާރުއެސް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިންކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ މިރޭ 01:20 ހާއިރުއެވެ.

މި ހާދިސާގައި އަލިފާންގަޑު 100 ވަރަކަށް ފޫޓުގެ ސަރަހައްދަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.