ތާރީޚް: 28-01-2022, 15:55
މާލެހިޔާ ފްލެޓް ސަރަހައްދުގައި ކުރިން ފުލޫ ކްލިނިކް ހިންގި އިމާރާތުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ މިއަދު 14:47 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން ފަޔަރފައިޓަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ 15:08 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ އިމާރާތުގެ އެތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
© mndf 2020 | All rights reserved.