ހިޔާ ފްލެޓް ސަރަހައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 29-01-2022, 16:45


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރު 13 އަދި 14 ކުރިމަތީ ޖަމާކޮށްފައި ހުރި ކުނިތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.


މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 14:15 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެސަރަހައްދަށް ގޮސް އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައިވަނީ މިއަދު 15:00 ހާއިރުއެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.