ތާރީޚް: 30-01-2022, 20:00
ޏ.ފުވައްމުލަކު ހޯދަނޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.
މިހާދިސާގެ ރިޕޯޓް މިއަދު މެންދުރު 12:32 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. ވީދަނޑުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު އިރުއޮއްސި 06:15 ހާއިރުއެވެ. އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ޕޯސްޓްގެ ސިފައިންނާއި ފުވައްމުލަކު ސިޓީ ކައުންސިލް މެމްބަރުންނާއި ފުވައްމުލަކުގެ އެމްޓީސީސީގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވެއެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ވީދަނޑުގެ ގާތްގަނޑަކަށް 40000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދާފައެވެ.
© mndf 2020 | All rights reserved.