ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެމްއެންޑީއެފުން ޝަރަފުގެ ގާޑެއް އަރުވައިފި

ތާރީޚް: 03-02-2022, 15:05


ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޝަރަފުގައި އެމްއެންޑީއެފުން ޝަރަފުގެ ގާޑެއް އަރުވައިފިއެވެ.

ފެބުރުވަރީ 3 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެމްއެންޑީއެފުން އެރުވި ޝަރަފުގެ ގާޑުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ އަޙްމަދު ލިޒާންއެވެ. މި ޝަރަފުގެ ގާޑުގައި ސިފައިންގެ 10 ކަނބަލުންނާއެކު ޖުމްލަ 48 ސިފައިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން އެމްއެންޑީއެފް އާޓްސް އެންޑް ސެރަމޯނިއަލް ސަރވިސްއިން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.