ލޯންޗެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 07-02-2022, 21:50


ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 20:11 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންގެ ޓީމެއް ވަނީ އެ ލޯންޗު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ މިރޭ 21:23 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް  ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.