މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ނިއްވާލައިފި

ތާރީޚް:


ސ.ހިތަދޫ މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އިއްޔެގެ (7-2-2022) ހަވީރު 16:20 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު (8-2-2022) 04:00 ހާއިރުއެވެ. އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް  އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑު އެޗްކިއުގެ ސިފައިންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، އެ ރަށު ސިޓީ ކައުންސިލް މެމްބަރުންނާއި، ހިތަދޫ އެއަރޕޯޓް ފަޔަރފައިޓަރުންގެ އިތުރުން އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވެއެވެ.

އަލިފާންގަނޑު އަލުން ރޯވެދާނެކަމަށްޓަކާ އެ ސަރަހައްދު ދަނީ މޮނީޓަރ ކުރަމުންނެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.