ކ.ވިލިވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް:


ކ.ވިލިވަރު ވަލުތެރޭގައި ޖަމާކޮށްފައި ހުރި ލަކުނޑިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމްއަށް ލިބިފައިވަނީ މިއަދު 09:11 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް އެފްއާރުއެސް ފަޔަރފައިޓަރުންގެ ޓީމެއް ވަނީ ވިލިވަރަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ޖަމާކޮށްފައި ހުރި ލަކުނޑިތަކުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު 13:26  ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.