ތެޔޮ ބާޖެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް:


މާލެ ބަނދަރު ސަރަހައްދުގައި ދިޔަވަމުންދިޔަ "ޓްރާންސް ފިއުލް–09" ނަމަކަށް ކިޔާ ތެޔޮ ބާޖެއްގެ ދިޔަހިއްކުމުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބާޖު ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 14:56 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑަރަންގެ ސިފައިން ވަނީ ތެޔޮ ބާޖު އޮތް ސަރަހައްދަށް ދަތުރުކޮށް، ދިޔަ ހިއްކުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ތެޔޮ ބާޖުގައި ބޮޑުވެފައި އޮތް ދިޔަގަނޑު އެއްކޮށް ހިއްކާ ނިމުނީ މިއަދު 18:23 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.