ޏ.ފުވައްމުލަކު ވީދަނޑުގައި ރޯވި އަލިފާން އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 17-02-2022, 23:24


ޏ.ފުވައްމުލަކު ހޯދަނޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 18:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. ވީދަނޑުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 20:00 ހާއިރުއެވެ. އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ޕޯސްޓްގެ ސިފައިންނާއި ފުވައްމުލަކު ސިޓީ ކައުންސިލް މެމްބަރުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވެއެވެ.

މި އަލިފާނުގެ ހާދިސާގައި ވީދަނޑުގެ ބޮޑުބައެއްގައި ރޯވެ ވަނީ އަނދާފައެވެ.