ޑިފެންސް މިނިސްޓަރ، ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް ފުރާވަޑައިގަންނަވައިފި

ތާރީޚް: 19-02-2022, 12:42


މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް - ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

"ޔޫމެކްސް - ސިމްޓެކްސް " ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަދި ސިމިއުލޭޝަން އެންޑް ޓްރެއިނިންގ އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.

އެ ކަމަނާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ހިޒް އެކްސެލެންސީ މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.