ހ.ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެ ނިއްވާލައިފި

ތާރީޚް:


ހެންވެއިރު ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.  

ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ.

މި ހާދިސާގައި 10 މީހުނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ވަނީ ފޮނުވިފައެވެ.