ތާރީޚް: 24-02-2022, 14:20
ޓެރަރިސްޓް އިންސިޑެންޓެއް ކުރިމަތިވެދާނެ ހާލަތެއްގައި ފުރަތަމަ އިޖާބަ ދޭ މީހުން ބިނާކުރުމަށް ބްރިޓިޝް ހައިކޮމިޝަނުން ރާއްޖޭގައި ހިންގި ތަމްރީނު ޕްރޮގްރާމްގައި ދިވެހި ސިފައިން ބައިވެރިވެއްޖެއެވެ.
"ޓެރަރިސްޓް އިންސިޑެންޓް ފަސްޓް ރެސްޕޮންސް - ޓްރެއިން ދަ ޓްރެއިނަރ: ޕްރޮޖެކްޓް އެންޑް ޕްރިޕެއަރ ޕްރޮގްރާމް" ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެމްއެންޑީއެފްގެ 8 ސިފައިންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާ 8 ފުލުހުންނާ އެކު ޖުމުލަ 16 ފަރާތެއް ބައިވެރިވިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ހ. މީރުމާ ހޯލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫކޭގެ ޓްރެއިނިންގ ފެސިލިޓޭޓަރ ވިލް ޖޯންސްއެވެ. މިމަހުގެ 20 އިން 24 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިޔައީ ހ. މީރުމާ ހޯލުގައެވެ.
އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ކިޔަވައިދެއްވި މި ޕްރޮގްރާމްގެ މަޤްޞަދަކީ އައިއީޑީއެއް ގޮއްވާލުމުން ނުވަތަ އެފަދަ ޓެރަރިސްޓް ހަމަލާއެއް ދީފިނަމަ، އެ ސީންއަށް ޙާޟިރުވާ ފުރަތަމަ އިޖާބަދޭ ރެސްޕޮންޑަރެއްގެ ހައިސިއްޔަތުން ޢަމަލު ކުރާނެ ކަންކަން ދަސްކޮށްދިނުމެވެ.
© mndf 2020 | All rights reserved.