އައްޑޫ ސިޓީ ހުޅުމީދޫ ވަލުތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސް އިން ހަރަކާތްތެރިވެ ނިއްވާލައިފި

ތާރީޚް:


އައްޑޫ ސިޓީ ހުޅުމީދޫ ފްލެޓްތަކާ ދިމާލުން ވަލުތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 19:03 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ވަލުތެރޭ ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 21:10 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.