ޏ.ފުވައްމުލަކު ނޭޗަރ ޕާކްތެރޭގައި ހުރި ވިނަތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 02-03-2022, 22:52


ޏ.ފުވައްމުލަކު ނޭޗަރ ޕާކްތެރޭގައި ހުރި ވިނަތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 20:10 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ޕޯސްޓްގެ ސިފައިން ކުރި މަސައްކަތުން ނޭޗަރ ޕާކްތެރޭގައި ހުރި ވިނަތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 22:14 ހާއިރުއެވެ.

މި އަލިފާނުގެ ހާދިސާގައި ވިނަތަކުގެ ބޮޑުބައެއްގައި ރޯވެ ވަނީ އަނދާފައެވެ.