ލ.ގަން ވަލުތެރޭގައި ހުރި ވިނަތަކެއްގައި ރޯވި އަލިފާން ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 05-03-2022, 14:26


ލ.ގަން ރީޖަނަލް ހޮސްޕިޓަލް ކައިރީ ވަލުތެރޭގައި ހުރި ވިނަތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު، ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 12:15 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފް ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ވިނަތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 12:35 ހާއިރުއެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.