ތާރީޚް: 05-03-2022, 18:25
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި މާލެ ގެނެސްދީފިއެވެ.
މާރިޗު މަހުގެ 4 ވަނަ ދުވަހުގެރޭ ދަންވަރު 23:55 ހާއިރު އެމްއެންޑީއެފް ޑޯނިއާ ފްލައިޓްގައި މާލެ ގެނެސްދީފައިވަނީ ހދ. ކުޅުދުއްފުށީ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު މި މީހާ މާލެ ގެނެސްދީފައިވަނީ، އިތުރު ފަރުވާއަށް އެ މީހާ މާލެ ގެންދިއުމަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން، ލަފާދެއްވުމާ ގުޅިގެންނެވެ. މި މީހާ މާލެ ގެނެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.
© mndf 2020 | All rights reserved.