ތާރީޚް: 08-03-2022, 23:45
ގއ.ވިލިނގިލީގެ ހުޅަނގުން 28 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ފަޅުވެރިޔަކު ސިޑިއަކުން ވެއްޓި ފަޔަށް ޒަޚަމްތަކެއް ލިބިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.
މި ހާދިސާގައި ޒަޚަމްވެފައިވަނީ "ހުސީނާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 43 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ މަޢުލޫމާތު މިރޭ 21:00 ހާއިރު ލިބުމުން، މި ދޯނި އޮތް ސަރަޙައްދަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މި މީހާ ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައިވަނީ މިރޭ 22:55 ހާއިރުއެވެ.
© mndf 2020 | All rights reserved.