ޏ.ފުވައްމުލަކު ދަނޑިމަގު އަވަށު މިސްކިތާ ދިމާލުގައި ހުރި ވިނަތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 11-03-2022, 20:30


ޏ.ފުވައްމުލަކު ދަނޑިމަގު އަވަށު މިސްކިތާ ދިމާލުގައި ހުރި ވިނަތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 13:43 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ފުވައްމުލަކު ޕޯސްޓްގެ ސިފައިން ކުރި މަސައްކަތުން ދަނޑިމަގު އަވަށު މިސްކިތާ ދިމާލުގައި ހުރި ވިނަތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 19:06 ހާއިރުއެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.