ލ.ގަން ރީޖަނަލް ހޮސްޕިޓަލު ކައިރީ ހުރި ވިނަގަސްތަކެއްގައި ރޯވި އަލިފާން ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް:


ލ.ގަން ރީޖަނަލް ހޮސްޕިޓަލް ކައިރީ ހުރި ވިނަގަސްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު، ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 12:04 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފް ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ވިނަތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 12:23 ހާއިރުއެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.