ތާރީޚް: 18-03-2022, 18:10
ސަރުކާރުން އަލަށް ދޭން ފެށި ކުޅިވަރުގެ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައި ސިފައިންގެ އެތުލީޓުން ރަން ވަނަތަކެއް ހާސިލުކޮށްފިއެވެ.
ރޭ ޓްރެކް ދަނޑުގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ސިފައިންގެ އެތުލީޓުންގެ ތެރެއިން، އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ މަޤާމް، ރާއްޖޭގެ ބާރު ދުވުންތެރިޔާ ސްޓާފް ސާޖަންޓް ޙަސަން ސާއިދު ވަނީ ހާސިލުކޮށްފައެވެ. އަދި، ސްޓާފް ސާޖަންޓް ޙަސަން ސާއިދުއާ ވާދަކޮށް ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސާޖަންޓް އާދަމް ނަސީމް ވަނީ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު މަޤާމުގެ ތިންވަނައަށް ހޮވިފައެވެ.
އޭގެއިތުރުން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުންދޭ އަގުވަޒަންކުރުމުގެ ޚާއްޞަ އެވޯޑްތައް ކަމުގައިވާ އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ އެވޯޑު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސްޓާފް ސާޖަންޓް ހަސަން ސާއިދު ހާސިލުކުރިއިރު، އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހާސިލުކުރީ ސާޖަންޓް އާދަމް ނަސީމެވެ. އަދި އަހަރުގެ އެންމެ މޮޅު އަންހެން ޝޫޓިން އެތުލީޓުގެ އެވޯޑު ލާންސް ކޯޕްރަލް އާސިފާ ޖައުފަރު ހާސިލުކުރިއިރު، އަހަރުގެ އެންމެ މޮޅު ފިރިހެން ޝޫޓިން އެތުލީޓުގެ އެވޯޑު ހާސިލުކުރީ ލާންސް ކޯޕްރަލް ޒިޔާން ޒިޔާއުއެވެ.
© mndf 2020 | All rights reserved.