ތާރީޚް: 26-03-2022, 21:33
ލ.އިހައްދޫ ސްކޫލު، ސްކައުޓުންގެ ސްވިމިންގ ޓެސްޓް ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މާރިޗު 26 ވަނަ ދުވަހު ލ.ގަން މަތިމަރަދޫ އަވަށު މޫދު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސްކޫލުގެ 27 ސްކައުޓުން ބައިވެރިވެފައިވެއެވެ. މި ޓެސްޓް ކުރިއަށް ގެންދިއުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހަތް ސިފައިން ވަނީ ބައިވެރިވެފައެވެ.
© mndf 2020 | All rights reserved.