ތާރީޚް:
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަރވެއިލަންސް ސިސްޓަމްއެއް ވަނީ ޤާއިމުކުރެވިފައެވެ. މިގޮތުން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަރ ސިސްޓަމް ވަނީ ޤާއިމުކުރެވިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުންނެވެ. މި ރާޑަރ ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިންނެވެ.
މި ސިސްޓަމްގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެއެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
© mndf 2020 | All rights reserved.