ތާރީޚް: 04-04-2022, 19:30
މައްޗަންގޯޅި ރުހުނާގޭގެ 8 ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް މިރޭ 18:29 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާ ހިނގާފައިވަނީ އުނދުން ރޯ ކޮށްލި ވަގުތު ކަމުގައިވުމުން، އުނދުން ރޯ ކުރި މީހާގެ ކަކުލާ ދިމާލުން ވަނީ ކޮންމެވެސް ވަރަކަށް ފިހިފައެވެ.
އުމުރުން 32 އަހަރުގެ އަންހެން މީހާއަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
© mndf 2020 | All rights reserved.