ތާރީޚް: 18-04-2022, 11:39
މައްޗަންގޯޅި ފެޝަންފުރުޓު ގޭގެ 2 ވަނަ ފަންގިފިލާގައި، ގޭސްފުޅިއަކުން ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ރޭ 1:52 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެ ސަރަޙައްދަށް ގޮސްފައެވެ. މި ހާދިސާގައި، ގޭސް އެކްސްޕްލޯޝަންގެ ސަބަބުން ގޭސްފުޅި ބަހައްޓާފައިހުރި ކަބަޑުގެ ދޮރުފަތް ހަލާކުވުމުގެ އިތުރުން ގޭތެރޭގައި އެހެން ތަންތަނަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މި ހާދިސާގައި އެކަކަށް އަނިޔާވެ، ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
© mndf 2020 | All rights reserved.