އިންޑިއަން ނޭވީ ޝިޕްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅު، ޑިފެންސް މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

ތާރީޚް: 19-04-2022, 13:09


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް ރާއްޖެ އައިސްފައިވާ އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" އިން ރޭ ބޭއްވި ރޭގަނޑުގެ ފަރިއްކޮޅު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހދ.އަތޮޅުން ފެށިގެން ށ.އަތޮޅާ ހިސާބަށް ކުރާ ސަރވޭ މަސައްކަތަށް ރާއްޖެ ޒިޔާރަތްކުރި އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" ގައި ރޭ ބޭއްވި ފަރިއްކޮޅުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި، އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" ގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.