ތާރީޚް: 21-04-2022, 19:04
ގަލޮޅު ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މައުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު ހަވީރު 16:26 ހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ގ.ނިއުކޮލަންބިއާ އިންވެގެން ހުރި ގަރާޖެއްގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ ހަވީރު 16:53 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގަރާޖުކައިރީ ބޭރުގައި ޕާކްކޮށްފައި ހުރި ގިނަ އުޅަނދުތަކަކާއި ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
© mndf 2020 | All rights reserved.