ތާރީޚް: 22-04-2022, 20:33
ސައުތުޕާމް ރިސޯޓާއި ސ.ހުޅުމީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ކަންމައްޗަށް އުރުނު "ފެމިނާ" ކިޔާ ދޯންޏަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނަވާރަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ "ފެމިނާ" ދޯނި ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އުރުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ ރޭ (21 އެޕްރީލް) 19:22 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރު ކޮށްދީފައެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، ދޯނީގެ ވެރިފަރާތުން އެމްޓީސީސީގެ ޓަގު ބޯޓަކާއި އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ބައެއް މަސް ދޯނިތަކުގެ އެހީތެރިކަން ހޯދައިގެން ކުރި މަސައްކަތުން މިއަދު (22 އެޕްރީލް) ހަވީރު 17:10 ހާއިރު ދޯނި ވަނީ ފުންކުރެވިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ދޯނީގެ ހުންގާނު ބިންދައިގެންގޮސް، ބުރަފައްޗަށް ވަނީ ގެއްލުންވެފައެވެ.
© mndf 2020 | All rights reserved.