ތާރީޚް: 30-04-2022, 22:41
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިރޭ މާލެ ގެނެސްދީފިއެވެ.
އުމުރުން 62 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިރޭ 18:08 ހާއިރުއެވެ.
© mndf 2020 | All rights reserved.