ތާރީޚް: 08-05-2022, 05:17
ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
ބަލިމީހާ ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމުންނެވެ.
މިރޭ 00:24 ހާއިރު މާލެ ގެނެސްދިން ބަލި މީހާއަކީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.
© mndf 2020 | All rights reserved.