ހއ.އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ޑޯނިއާގައި މާލެ ގެނެސްދީފި

ތާރީޚް: 09-05-2022, 09:05


ހއ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 40 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލިމީހާ މާލެ ގެނެސްފައިވަނީ މިއަދު 08:54 ހާއިރުއެވެ.