އއ. ރަސްދޫގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ކޯސްޓްގާޑް ސީ އެމްބިއުލާންސްގައި މާލެ ގެނެސްދީފި

ތާރީޚް: 09-05-2022, 22:00


އަލިފް އަތޮޅު އުތުރުބުރި (އއ) އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މާލެ ގެނެސްދީފިއެވެ.

މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ 20:45 ހާއިރު މާލެ ގެނެސްދީފައި ވަނީ އއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އއ. އުކުޅަހުގެ އުމުރުން 30 އަހަރުގެ އަންހެނެކެވެ. މި އަންހެން މީހާއަކީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީ އއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހެކެވެ. އަދި މި ބަލި މީހާ މާލެ ގެނެސްދީފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މި ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާއި ގުޅިގެންނެވެ. މި ބަލި މީހާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް މިހާރު ވަނީ ގެންދެވިފައެވެ.