ތާރީޚް: 10-05-2022, 23:24
ހއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިރޭ މާލެ ގެނެސްދީފިއެވެ.
އުމުރުން 63 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލިމީހާ މާލެ ގެނެސްފައިވަނީ މިރޭ 22:05 ހާއިރުއެވެ.
© mndf 2020 | All rights reserved.