މ.މުލި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި ކުޑަކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 19-05-2022, 11:28


މ.މުލި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ކުޑަފިރިހެން ކުއްޖަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 05 އަހަރުގެ މި ބަލި ކުއްޖާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލި ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި ކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު 09:50 ހާއިރުއެވެ.