އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ބަލި މީހަކު އެމްއެންޑީއެފް ޑޯނިއާގައި މާލެ ގެނެސްދީފި

ތާރީޚް: 20-05-2022, 16:27


އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލި އަންހެނަކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 75 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލިމީހާ މާލެ ގެނެސްފައިވަނީ މިއަދު 14:55 ހާއިރުއެވެ.