ތާރީޚް: 21-06-2022, 11:25
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ޑިޕްލޯއިކޮށްފައިވާ ކޯސްޓްގާޑު ޝިޕް ހުރަވީއަށް، ސ.މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުން ޒިޔާރަތްކޮށްފިއެވެ.
ޖޫން މަހުގެ 21 ވަނަ ދުވަހު ކުރި މި ޒިޔާރަތުގައި ސ.މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރަމުންދާ 67 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޒިޔާރަތުގައި، އެ ސްކޫލުގެ ދަރިވަރުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި އިކްއިޕްމެންޓްތައް ވަނީ ދައްކާލާފައެވެ. މީގެއިތުރުން ކޯސްޓްގާޑު ޝިޕް ހުރަވީގައި ބޭނުންކުރާ ނެވިގޭޝަނަލް އެއިޑްސްގެ މަޢުލޫމާތު ވެސް އެ ސްކޫލުތަކުގެ ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.
© mndf 2020 | All rights reserved.