ލޮލަށް ބުޅިއެއް ހެރުނު މަސްވެރިޔަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ލ. ގަމަށް ގެންގޮސްދީފި

ތާރީޚް: 22-06-2022, 22:10


މަސްވެރިކަމަށް ނިކުމެއުޅުނު ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ލ. ގަމަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 19:34 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެ ދޯނި އޮތް ލ.ހިތަދޫ ބޮއި ކައިރިއަށް ގޮސްފައެވެ. އަދި، މަސްވެރިކަން ކުރަމުންދިޔަ "ސީ ހޯސް 3" ދޯނީގައި ހުރި 62 އަހަރުގެ ދިވެހި ފަޅުވެރިޔާއަށް ޞިއްޙީ އަވަސް ފަރުވާ ދިނުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންގޮސްދެވިފައިވަނީ މިރޭ 21:59 ހާއިރުއެވެ.