ޝަރީފީ ޕްރީ ސްކޫލުގެ ދަރިވަރުން އެމްެއެންޑީއެފް ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ތާރީޚް: 26-06-2022, 22:30


އައްޑޫސިޓީ މީދޫ ޝަރީފީ ޕްރީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

މި މަހުގެ 26 ވަނަ ދުވަހު، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ޝަރީފީ ޕްރީ ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތަކީ، އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ. އެ ޒިޔާރަތުގައި، އެފްއާރުއެސްގެ ސިފައިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމުގައި ސިފައިން ގެންގުޅޭ ބައެއް އާލާތްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ފަޔަރ ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، ފަޔަރ ފައިޓަރުންގެ ޒިންމާތަކާ ބެހޭގޮތުން ވެސް ވަނީ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް އައްޑޫ ސިޓީ މީދޫ ޝަރީފީ ޕްރީ ސްކޫލުގެ 44 ދަރިވަރުން ޒިޔާރަތްކުރިއެވެ. އެ ފަރާތްތަކަށް މަޢުލޫމާތު ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ.