ސަމަރ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ޕްރޮގްރާމެއް ފަށައިފި

ތާރީޚް: 26-06-2022, 22:35


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ސަމަރ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހުގެ 26 އިން 29 އަށް ކުރިއަށްގެންދާ މި ފަޔަރ އެވެއަރނަސް ޕްރޮގްރާމުގައި ސަމަރ އައިލެންޑް ރިސޯޓުގެ 170 މުވައްޒަފުން ބައިވެރިވެއެވެ. މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އަދި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

ސަމަރ އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދޭނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ މުދައްރިބުންނެވެ.