ކ. ތިލަފުށި ކައިރިން ދޯންޏެއް އޮޔާދާތީ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން

ތާރީޚް: 29-06-2022, 23:00


ކ.ތިލަފުށި ކައިރިން ބަންޑުންޖަހާލާފައިވާ ދޯންޏެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސް ކުރަމެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި އޮޔާދަނީ ކ.ތިލަފުށީގެ އިރުމައްޗަށް ވާގޮތަށް ގުޅީފަޅާ ދިމާއަށެވެ. ވީމާ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދެއްވުމަށާއި އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.