ވ.އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައި މާލެ ގެނެސްދީފި

ތާރީޚް: 26-07-2022, 19:10


ވ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޑްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 46 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 17:56 ހާއިރުއެވެ.