ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 29-07-2022, 13:45


އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުބޮޑު އަންހެނަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 50 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްދީފައިވަނީ މިއަދު 11:40 ހާއިރުއެވެ.