އދ. އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފި

ތާރީޚް: 01-08-2022, 12:10


އދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގައި މިއަދު މާލެ ގެނެސްދީފިއެވެ.


އުމުރުން 64 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 11:10 ހާއިރުއެވެ.