ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފި

ތާރީޚް: 01-08-2022, 20:05


ޅ.ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 62 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 15:45 ހާއިރުއެވެ.