ތާރީޚް: 02-08-2022, 20:10
އއ.ބޮޑުފޮޅުދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެންކުއްޖަކު، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި މިރޭ މާލެ ގެނެސްދީފިއެވެ.
އުމުރުން 11 އަހަރުގެ މި ކުއްޖާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި ބަލި ކުއްޖާ މާލެ ގެނެސްފައިވަނީ މިރޭ 18:05 ހާއިރުއެވެ.
© mndf 2020 | All rights reserved.