ތާރީޚް: 03-08-2022, 21:52
ދ.ކުޑަހުވަދޫ ހުޅަނގު ފަރާތު ވަލުތެރޭގައި މިރޭ ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން، ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިރޭ 20:40 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ އަލިފާން ރޯވެފައިހުރި ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 20:49 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެެއް ނުވެއެވެ.
© mndf 2020 | All rights reserved.