އދ.އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖަކާއި ދެ މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފި

ތާރީޚް: 04-08-2022, 15:15


އދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ކުއްޖަކާއި ދެ މީހަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި މިއަދު މާލެ ގެނެސްދީފައިވަނީ އުމުރުން 10 އަހަރުގެ ކުޑަކުއްޖަކާއި، 25 އަހަރުގެ ފިރިހެނަކާއި، 79 އަހަރުގެ އަންހެނެކެވެ. އެ މީހުން މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް ފަރުވާދިނުމަށް އެ މީހުން ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި އެ މީހުން ގެނެސްފައިވަނީ މިއަދު 13:04 ހާއިރުއެވެ.