ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ތާރީޚް: 14-09-2022, 08:45


ހއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ކުއްޖަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ރޭ ދަންވަރު މާލެ ގެނެސްދީފިއެވެ.

އުމުރުން 1 އަހަރު ނުފުރޭ މި ކުއްޖާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި ކުއްޖާ މާލެ ގެނެސްފައިވަނީ ރޭ ދަންވަރު 02:45 ހާއިރުއެވެ.